![ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FGjaiTUnaIAAxmv4.jpeg&w=3840&q=75)
--
ހއ ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫގެ ކޮންޓްރެކްޓަރު އާރްޑީސީއިން ހާމަކޮށްފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތިނަދޫ ގޯޅި އަދި ނޫރު ގޯޅީގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި މީގެ އިތުރުން ރޯޝަނީ މަގުގައި ދުވާރުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
ދިއްދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ އޭޕްރިލް 2022 ގައެވެ. ނަމަވެސް ތަފާތު އެކި ސަބަަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެގޮތުން މަޝްރޫއު އޭރު ފެށީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 108.5 މިލިއަން ރުފިޔާ އަށެވެ.
ގުޅުންހުރި
![ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FGjmW6kCaIAUynQO.jpeg&w=3840&q=75)
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ
![މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FGjlWDqjaIAIkN9p.jpeg&w=3840&q=75)
މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށް!
![ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ހަލުވި ސްޕީޑެއްގައި ކުރިޔަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FGjbakwtbAAAitcX.jpeg&w=3840&q=75)
ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ހަލުވި ސްޕީޑެއްގައި ކުރިޔަށް!
![ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FGjaiTUnaIAAxmv4.jpeg&w=3840&q=75)