
ސްޓެލްކޯ ހިޔާ ޓަވަރުން ޒުވާނަކު ވެއްޓި ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ސްޓްލެކޯ ޓަވަރުތަކުގެ ސީ ޓަވަރުގެ ބިއްދޮށް ފަޅީގައި ޒުވާނަކު ވެއްޓިފައި އޮތްވާ ފެނިގެން ފުލުހުން އެސަރަހައްދުގައި ހަރަކަާތްތެރިވަމުންދާ ކަމަށެވެ.
ވެއްޓިފައި އޮތްވާ ފެނުނީ ހ ގިނިރާހި އާގެ އުމުރުން 31 އަހަރުގެ އިބްރާހިމް ޝަރަފް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ވެއްޓުނު ޒުވާނާ އޮތީ ނިޔާވެފައިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެޒުވާނާ ވެއްޓިފައިވަނީ 12 ވަނަ ފަންގިފިލާއިންނެވެ.
މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހަމައެއް ނުކުރެއެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫއިން ޒުވާނަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެ: އެކަކަށް ފަރުވާދެނީ

.gif&w=3840&q=75)



