logoEN
Sto top
ފޭކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ތިން މީހަކު ހޯދަނީ

ފޭކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ތިން މީހަކު ހޯދަނީ

އަހުމަދު ޝުރާއު

logo

2/10/2025, 11:52:56 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ފޭކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި- ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ހާޒިރުވާން އިއުލާނުކުރި މީހުންނަކީ

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޙަސަން ޝާން، ހ. ފެންތިލަގެ / މާލެ (44އ)

އައިޑީ ކާޑު ނަންބަރު: A132092

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 18 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް.

undefined

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަޙްމަދު ޒަޔާން، ކަށިފަށުވިގެ / ސ.ހިތަދޫ (25އ)

އައިޑީ ކާޑު ނަންބަރު: A362272

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 18 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް.

undefined

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަނޫފް ޢަބްދުލްޣަނީ، ސާތީ / ޅ. ނައިފަރު (27އ)

އައިޑީ ކާޑު ނަންބަރު: A221877

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 18 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް.

މި ތިން މީހުންވެސް ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside