logoEN
Sto top
އަލިފުށީގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތުދީފި

އަލިފުށީގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތުދީފި

އަހުމަދު ޝުރާއު

logo

2/10/2025, 9:15:58 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރ. އަލިފުށީގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތުދީފިއެވެ.

Wamco

މި ހިނގާ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު އަލިފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ކުލާހުގައި މައުލޫމާތުދީފައިވަނީ ”ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭ ގަވާއިދު” އަށް އަހުލުވެރިކުރުވުމަށެވެ.

އެގޮތުން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ”ފައިބަރު މަސައްކަތްކުރާ ތަންތަން އިމާރާތްކުރުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް، ފައިބަރު މަސައްކަތްކުރާ ތަންތަނުގައި އާންމުކޮށް ފުރިހަމަވާންޖެހޭ ކަންތައްތައް، މަސައްކަތްކުރުވާ ފަރާތުގެ ޒިންމާ، މަސައްކަތްކުރާ ފަރާތުގެ ޒިންމާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން، އަލިފާނުގެ ހާދިސާއިން ރައްކާތެރިވުން، ތަނުގެ ސާފުތާހިރުކަން އަދި ރައްކާތެރިގޮތުގައި ކުނި ނައްތައިލުން” ފަދަ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މި ގަވާއިދާ އެއްގޮޮތަށް ފައިބަރުގެ މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ މިފަދަ ސިލްސިލާ ޕްރޮގްރާމުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުންދަނީ ހިންގަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside