
ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ބާސެލޯނާ އިން ސެވިއްޔާ ބަލިކޮށްފި
# ބާސެލޯނާ# ސެވިއްޔާ# ބޭރު ދުނިޔޭގެ ކުޅިވަރުއެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން...
ސްޕެނިޝް ލަލީގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސެވިއްޔާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އަލަވޭސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސެވިއްޔާ އިން އެންމެ ފަހުން ލީގުގައި ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދ ދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ.
ނަމަވެސް ޖެހިގެންއައި މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުބެން ވާގަސް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވެސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބާސެލޯނާ އިން ފެށީ ބަދަލަކާއެކު އެވެ. ގަވީގެ ބަދަލުގައި ފާމިން ލޮޕޭޒް ކުޅެންނިކުތްއިރު، ދެވަނަ ހާފު ފެށިތާ މިނެޓެއް ނުވަނީސް ފާމިން ލޮޕޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ފަހުހާފު 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ.
މިމެޗުގައި ބާސެލޯނާއަށް އުނދަގޫތަކެއް ކުރިމަތިވީ ފަހުހާފުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ފާމިން ލޮޕޭޒް ސެވިއްޔާގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ބާސެލޯނާ އިން އެއްކުޅުންތެރުއަކު މަދުވުމުގެ ފައިދާ ސެވިއްޔާއަަށް ނުނެގިދިޔައިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ،ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 23 މެޗުން ބާސެލޯނައަށް 48 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.
މީގެ އިތުރުން ލީގު ތާވަލުގެ އެއްވަނައިގައި 50 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.
ފަހުގެ

ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

ސައުދީ-ރާއްޖެ ބައިނަލްއަޤްވާމީ އިންޓެގްރިޓީ ފޯރަމްގެ ތައްޔާރީތައް ފެށިގެން ކުރިޔަށް!
.jpeg&w=3840&q=75)
ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރުތަކަކަށް ހޫތީންގެ މިސައިލްއާއި ޑްރޯން ހަމަލާތަކެއް!

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެ - ޝަފީއު
