logoEN
Sto top
ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފި

ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފި

އަހުމަދު ޝުރާއު

logo

2/9/2025, 3:15:05 PM

# އެކޮނޮމިކް މިނިސްޓްރީ

--

ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

Wamco

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި މިހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. މި ނިންމުމާއި އެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ވެސް ހިދުމަތް ދެވޭނީ އެގަޑިތަކުގައި ކަމަށް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން 15 ފެބްރުއަރީ 2025 އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް އިއުލާނުގައި ވަނީ ބުނެފައި އެވެ.

މި ނިންމުމަށްވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން ޢަމަލުކުރުމަށް އެމިނިސްޓްރީން ވަނީ އަންގާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside