
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ, އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ 6 މީހަކު ޝަހީދުވެއްޖެ
# ލުބުނާނު--
އިސްރާއީލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުންވެސް އެއްބަސްވެ, އެކަމަށް އަމަލުކުރަމުން ދިޔަ ދަނޑިވަޅެއްގައި ލުބުނާނުގެ އިރުމަތީ ސަރަހައްދުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަ މީހަކު ޝަހީދުވެ ދެ މީހަކު ޒަހަމްވެއްޖެ އެވެ.

ލުބްނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ހޮނިހިރު ދުވަހު އިރުމަތީ ބެކާ ސަރަހައްދުގެ ޖެނާޓާ އަވަށުގެ ކައިރީގައި އޮންނަ ޝާރާ ސަރަހައްދަށް ޔަހޫދީން ޑްރޯނެއް ހަމަލާދީފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާދިން އަމާޒުތަކަކީ ހިޒްބުاللهގެ ހަނގުރާމަވެރިން "ސްޓްރެޓެޖިކް ހަތިޔާރު އުފައްދައި ރައްކާކުރާ ތަނަކަށް" އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއާއި ހިޒްބުاللهއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އެ ތަނުގެ ތެރޭގައި ހިންގާ ހަރަކާތްތަކަކީ އިޒްރޭލާއި ލުބްނާނާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުން ގެންދަނީ ހިޒްބުاللهގެ ތަންތަން ކަމަށް ބުނާ ތަންތަނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަމުންނެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 60 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އިޒްރޭލުން ވަނީ ލުބްނާނުން އެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ލުބްނާނުގެ ދެކުނުން ސިފައިން ބޭލުން ފަސްކޮށްފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކުގެ ދަށުން ލުބުނާނުގެ އަސްކަރިއްޔާ އިން އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ އެކު ހިޒްބުالله ސިފައިންގެ ބަދަލުގައި ލުބުނާނުގެ ދެކުނުގެ ސަރަހައްދު ބަލެހެއްޓުމާއި ހަވާލުވުމަށް ވަނީ ހަމަޖެހިފަ އެވެ.އިޒްރޭލުން ވަނީ އާންމުކޮށް ހިޒްބުاللهގެ ބާރުގެ ގޮތުގައި ބެލެވޭ އިރުމަތީ ބެކާ ވާދީއަށް ވެސް ހަމަލާތައް ދޭން ފަށައިފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިއާގެ ބޯޑަރު ކައިރީގައި ހިޒްބުاللهގެ ގިނަ އަމާޒުތަކަކަށް ދިން ހަމަލާތަކުގައި ދެ މީހަކު ވަނީ ޝަހީދުވެފައި އެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ, އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ 6 މީހަކު ޝަހީދުވެއްޖެ

ލުބްނާނުގެ ރައީސްކަމަށް އަސްކަރިއްޔާއާއި ހަވާލުވެގެން ހުންނެވި ޖޯސެފް އައުން އިންތިހާބުކޮށްފި

މިއަދު އެކަނިވެސް ޔަހޫދީންގެ 70 އަށްވުރެ ގިނަ ވައިގެ ހަމަލާ ލުބުނާނަށް!
