logoEN
Sto top
ހަމާސްއިން ޔަހޫދީ ތިން އަސީރަކު މިނިވަންކޮށްފި

ހަމާސްއިން ޔަހޫދީ ތިން އަސީރަކު މިނިވަންކޮށްފި

އަހުމަދު ޝުރާއު

logo

2/8/2025, 9:07:39 AM

# ޣައްޒާ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އަސީރުންގެ ގޮތުގައި ހިފެހެއްޓި މީހުންގެ ތެރެއިން ތިން މީހަކު މިނިވަންކޮށްފި އެވެ.

Wamco

ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ތިން މީހަކު މިނިވަންކުރި އިރު، ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑްސްގެ މޫނު ނިވާކޮށްގެން ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ތިބީ ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހުގަ އެވެ. އެގޮތުން އަސީރުން ދޫކޮށްލުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ހަމާސްއާއި އަސީރުންނާއި ހަވާލުވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އާއި ދެމެދު މިހާރު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި އެވެ.

އަދި މީގެ ކުޑައިރުކޮޅެއްގެ ކުރިންގެ އެ ތިން އަސީރުން ވަނީ ، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އާއި ހަވާލުކޮށްފައި އެވެ.

ދޫކޮށްލި ތިން އަސީރުންނަނީ އެލީ ޝަރަބީ، ނުވަތަ ލެވީ އަދި އޮހަދު ބެން އަމީ އެވެ. މި އެންމެނަކީވެސް ފިރިހެނުންނެވެ.

މި ތިން މީހުންނާއި އެކު މިހާރު ، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ އުޅަނދު މިހާރު ވަނީ އިޒްރޭލަށް ދަތުރުފަށާފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside