
ޣައްޒާއަށް ޔަހޫދީން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 4 މީހަކު ޝަހީދުވެއްޖެ އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިއަދު ހެނދުނު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ، ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ މަސްދަރަކުންވަނީ ކަށަވަރުކޮށްދީފައި އެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ވެސް ބުނެފައިވަނީ ދެކުނުގެ ޚާން ޔުނިސް ސިޓީ ކައިރީގައި އިސްރާއީލުގެ އާޓިލަރީގެ ހަމަލާތަކާއި ޓޭންކްތަކުގައި ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށެވެ.
މި ހަމަލާތައް ދީފައިމިވަނީ ހަމާސްއާއި އިޒްރޭލާއި ދެމެދު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިޒްރޭލުން ތަކުރާކުކޮށް ހިލާފުވަމުންދާ ދަނޑިވަޅެއްގައި އެވެ.
އެގޮތުން ހަނގުރާމަ ހުއްޓާލައި އެހީތައް ޣައްޒާއަށް ވެއްދުމަށް އެއްބަސްވި އެއްބަސްވުމުގެ ފުރަތަމަ ފޭސް މިއަދު ނިމުމަކާއި ހަމައަށް އައުމާއި އެކު އިޒްރޭޅުން ވަނީ ޣައްޒާއަށް އެހީތައް ވެއްދުން މަނާކޮށް އެކަން ހުއްޓުވާފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



