logoEN
Sto top
މިއަދު މިނިވަންކުރަން ނިންމާފައިވާ ފަލަސްތީނުގެ ގައިދީންގެ ގެތައް ޔަހޫދީ ސިފައިން ރެއިޑްކުރަނީ!

މިއަދު މިނިވަންކުރަން ނިންމާފައިވާ ފަލަސްތީނުގެ ގައިދީންގެ ގެތައް ޔަހޫދީ ސިފައިން ރެއިޑްކުރަނީ!

އަހުމަދު ޝުރާއު

logo

2/8/2025, 8:24:24 AM

# ޣައްޒާ

15 މަސްދުވަސްވީ ދިގު ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިޒްރޭލުން ވެފައިވާ އެއްބަސްވުމާއި އެކު މިއަދު އިޒްރޭލުން މިނިވަންކުރަން އެއްބަސްވެފައިވާ ފަލަސްތީނުގެ ގައިދީންތަކުގެ ގެތައް ރެއިޑްކުރަން އިޒްރޭލު އަސްކަރިއްޔާއާއި ފުލުހުން ފަށައިފި އެވެ.

Wamco

ފަލަސްތީނު ގައިދީންގެ މީޑިއާ އޮފީހުން ބުނީ މިއަދު ދޫކޮށްލަން ހަމަޖެހިފައިވާ ފަލަސްތީނުގެ ގިނަ ގައިދީންތަކެއްގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގުދުސްގެ ސިޓީތަކާއި އަވަށްތަކަށް ކަމަށެވެ.

3 އަސީރެއްގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 183 ގައިދީއަކު ޔަހޫދީންގެ ޖަލުތަކުން ދޫކޮށްލަން ވަނީ ނިންމާފައި އެވެ.

އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ 18 ގައިދީންނާއި ދިގު މުއްދަތުގެ ހުކުމް އިއްވާފައިވާ 54 ގައިދީންނާއި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއަށް ފަހު ހައްޔަރުކުރި ޣައްޒާގެ ފަލަސްތީނުގެ 111 މީހުން ހިމެނެ އެވެ.

މި އެންމެންނަކީ ވެސް 20 އަހަރާއި 61 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside