
ފޮޓޯ: އަލް ޖަޒީރާ
15 މަސްުދުވަސްވީ ހަމާސް-އިޒްރޭލު ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވި އެއްބަސްވުމުގައިވާ ގޮތުން ނަމަ މިއަދު އިޒްރޭލުގެ ސިފައިން ޣައްޒާގެ އުތުރާއި ދެކުނު ގުޅުވައިދޭ މައި ކްރޮސިންގ ކަމަށްވާ ނެޓްޒާރިމް ކޮރިޑޯއިން ފައިބާން ޖެހޭނެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް ހަމާސްއިން މިހާރު ދަނީ އިޒްރޭލުގެ 3 އަސީރަކު މިނިވަން ކުރުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި ތިން އަސީރުން މިނިވަން ކުރުމާއި އެކު ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދިންގެ ތެރެއިން 183 ގައިދީއަކު މިނިވަންވެސް ކުރަން އިޒްރޭލަށް ލާޒިމުވެއެވެ.
މި އެއްބަސްވުމުގައި ވާގޮތުން ނަމަ މިއަދު ހަމާސްއިން 3 އަސީރަކު މިނިވަން ކޮށްފި ނަމަ އިސްރާއީލުގެ އަސްކަރިއްޔާ އިން ނެޓްޒާރިމް ކޮރިޑޯއިން މުޅިން ފައިބާ، ޣައްޒާގެ ދެކުނު އަދި އުތުރުގެ ސަރަހައްދުތަކާ ދެމެދު މިނިވަންކަމާއެކު ދަތުރުކުރުމުގެ ހުއްދަ ދޭން ޖެހެ އެވެ.
ހަނގުރާމަ ފެށުނީއްސުރެ ނެޓްޒާރިމް ކޮރިޑޯއަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށްވުމުން ޣައްޒާގެ ދެކުނުން އުތުރަށް ދަތުރުކުރުމަށް ގިނަ އުނދަގޫތަކަކާއި ވަނީ ކުރިމަތިވެފައި އެވެ.
ގުޅުންހުރި

ޣައްޒާއަށް ޔަހޫދީން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 4 މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ބިން ފޭރިގަތުމާއި ގުޅޭ މަޝްވަރާތަކުގައި މިސްރުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ!

ޣައްޒާ ގަތުލުއާންމު އަލުން ފެށުމަށް ޔަހޫދީ އަސްކަރިއްޔާއިން ޖަމާވަނީ
