
--
10 މީހުންނާއެކު އެމެރިކާއިން ގެއްލުނު ކުޑަ މަތިންދާބޯޓެއްގެ ބައިތައް ފެނިފައިވާއިރު، އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެލަސްކާގައި ގާއިމްވެތިބި އެމެރިކާގެ ކޯސްޓްގާޑުން ހުކުރު ދުވަހު ބުނީ އެންކަރޭޖްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 885 ކިލޯމީޓަރު (550 މޭލު) ދުރުގައި އޮންނަ ނޯމް ކައިރިން މަތިންދާބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ.
ކޯސްޓްގާޑުގެ ތަރުޖަމާނު މައިކް ސެލެރްނޯ މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، ބޯޓުގެ ބައިތައް ފެނުނު ސަރަހައްދުން ބޯޓުން ދަތުރުކުރި ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ."ހިތާމައަކީ މިއީ އެއްވެސް މީހަކު ސަލާމަތް ކުރެވޭ ވަރުގެ އެކްސިޑެންޓެއް ކަމަށް ނުފެނޭ،" ސެލެނޯ ވިދާޅުވި އެވެ.
ނުވަ ފަސިންޖަރުންނާއި އެއް ޕައިލެޓާއެކު ޕްރައިވެޓްކޮށް އޮޕަރޭޓްކުރާ ސެސްނާ 208ބީ ގްރޭންޑް ކެރަވަން ގެއްލުނީ ބުރާސްފަތި ދުވަހުގެ މެންދުރު އުނަލަކްލީޓުން ނޯމްއަށް ދަތުރުކުރަމުން ދަނިކޮށެވެ.
މަތިންދާބޯޓު އެންމެ ފަހުން ޓްރެކް ކުރެވުނީ ނޯމްގެ އިރުދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ ފެންގަނޑެއް ކައިރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އެކްސިޑެންޓަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައި ހިނގި ތިން ވަނަ އޭވިއޭޝަން ކާރިސާ އެވެ.
ގުޅުންހުރި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!

އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް: ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!
