
--
މި ސަރުކާރަކީ އޯގާތެރިކަމާއެކުގަ މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމަޢުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމް"ގައި ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަަމުން ވަޒީރު ވަނީ ސަރުކާރާ ހަވާލުވިއިރުގަ ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާފެށި އަދި ބޮޑު ބަޔަކަށް ފަރުވާދީ ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށެވެ.
ވަޒީރު ވިދާޅުވީ ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވަޢުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މިއަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށެވެ.
މި ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތްގޮތް ކޮންމެ ރައްޔިތަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ޑްރަގުގެ ވަބާ އޭގެ ޒާތުގައި ފެތުރި އޭގެ އަސަރުނެތް އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތައް ހަދައިގެން ކުށްކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު އޮތީ ނޭނގޭ ހިސާބެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ އެ މީހުން ޤާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހޯޕް އައިލެންޑްގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ ދާހިލީ ސަލާމަތާއި ރައްކާތެރިކަން - އިހްސާން

ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވިއްޖެ: އިހްސާން

ގްރީންގެ ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި، އެކަމަށް ހައްލުގެންނާނަން: އިހްސާން
