
ކުރިއަށް އޮތްތަނުގަ އެންމެ ބޮޑު އިސްކަމެއް ދޭނީ ފުލުހުންގެ ތަހުގީގުތައް އަވަސްކުރުމަށް: އިހްސާން
# އަލީ އިހްސާން--
ކުރިއަށް އޮތްތަނުގަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންގެ ތަހުގީގުތައް އަވަސްކުރުމަށް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް ގާތްގަނޑަކަށް 100އަށް ވުރެ ގިނަ ޕޮލިސް ސްޓޭޝަންތަކެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން މަސައްކަތްތައް އެވޯޑްކުރެވި މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް އަވަސްވުމުން ރައްޔިތުން އެންމެ އެދޭ ޚިދުމަތެއް ދެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ވަޒީރު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެ، މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަން ޤާއިމުކުރުމުގެ މަސައްކަތްވެސް ހަރުދަނާކުރައްވަނެ ކަމަށެވެ.
އަދި ގިނަ ފުލުހުން ޤާއިމުގެ ޚިދުމަތް ދިނުމަށް ދަތިވާ ތަންތަނުގައިވެސް، ޑިޖިޓަލް ސިސްޓަމްގެތެރެއިން ފުލުހުންގެ ޚިދުމަތްތައް ގުޅާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

މާފުށީ ޖަލުގައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ - އިހްސާން

ރާއްޖޭގެ ބޯޑަރަށް އަންނަ ނުރައްކާތަކާމެދު އަބަދުވެސް ތިބެންވާނީ ހުށިޔާރުވެގެން - އިހްސާން

ޤަވާއިދާ ޚިލާފަށް ހިންގި 47 ވިޔަފާރިއެއް ބަންދު، ނަމަވެސް ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ: އިޙްސާން

.gif&w=3840&q=75)



