logoEN
Sto top
އޮޕަރޭޝަންތައް ބޮޑަށް ފޯކަސްކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް - އިހްސާން

އޮޕަރޭޝަންތައް ބޮޑަށް ފޯކަސްކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް - އިހްސާން

އަހުމަދު ޝުރާއު

logo

5/13/2025, 8:51:16 AM

# އަލީ އިހްސާން

-

ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގުމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި، ވަކިން ޚާއްސަކޮށް ލޯ އެންފޯސްމަންޓް އެޖޭންސީތައް މެދުވެރިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި

މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓަވާފައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުމަށް ކަމަށެވެ.

ވަޒީރު ވަނީ އެކި ނަންނަމުގައި ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަހާ ފޯރަމްގައި ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside