
ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ - އިހްސާން
# އަލީ އިހްސާން--
ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އޭޝިޔާ ޕެސިފިކް ރީޖަންގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ވަޒީރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މި ކަންކަން ފަހިކުރުމުގައި ކޮންމެ ޤައުމަކަށްވެސް މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްނޮލޮޖީގެ ބޭނުން ބައެއް މީހުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސައިބަރ ކުށްތައްކޮށް، އެތައް ބައެއްގެ ފައިސާއާއި ކުންފުނިތަކުގެ މުހިންމު މަޢުލޫމާތު އަތުލައި، ނަހަމަ ކަންކަން ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށާއި އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކުރައްވާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ފައިދާތައް ދެނެގަނެ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ބޭނުން ހިފުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ފޯކަސް ކުރަމުން ގެންދާވާ ކަމަށްވެސް ވިދާޅުވެފައެވެ.
ވަޒީރު ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބޭނުންކުރުމަށް އަހަންމިއްޔަތުކަން ދެމުން ދިޔަ ނަމަވެސް ޑިޖިޓަލް ސެކިއުރިޓީއަކީ އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަންވެސް ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

މާފުށީ ޖަލުގައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ - އިހްސާން

ރާއްޖޭގެ ބޯޑަރަށް އަންނަ ނުރައްކާތަކާމެދު އަބަދުވެސް ތިބެންވާނީ ހުށިޔާރުވެގެން - އިހްސާން

ޤަވާއިދާ ޚިލާފަށް ހިންގި 47 ވިޔަފާރިއެއް ބަންދު، ނަމަވެސް ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ: އިޙްސާން

.gif&w=3840&q=75)



