logoEN
Sto top
ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތާއެކު އަންހެނުން އިތުރަށް ބާރުވެރިވާނެ - އިހްސާން

ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތާއެކު އަންހެނުން އިތުރަށް ބާރުވެރިވާނެ - އިހްސާން

އަހުމަދު ޝުރާއު

logo

5/17/2025, 6:31:34 PM

# އަލީ އިހްސާން

--

ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތުގެ ދަށުން ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިޤްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ވަޒީރުގެ ޚިތާބުގައި ވަނީ ިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫންކަން ފާހަގަކުރައްވާ ތަޢުލީމު، ޞިއްޙަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުން ކަމަށް ވިދާޅުވެފައެވެ.

އަދި އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، ޢާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރާނެކަން ވަޒީރުގެ ޚިތާބުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެ ނިސްބަތް ދަނީ އިތުރުވަމުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ހާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަކަންވެސް ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އިއްތިފާގުވަނީ، ރައްޔިތުންނަށް ފޯރޮކޮށްދޭ ހިދުމަތްތަކުގެ ނިޒާމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންގިލާބީ ތަރައްޤީއެއް ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދިވެހިރާއްޖެ 2.0 ނުވަތަ Maldives 2.0 އިފްތިތާހުކުރެވުމާއިއެކުގައި ކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދުވަހުގެ ތަހުނިޔާ ވަޒީރު ވަނީ ދަންނަވާފައެވެ.

ކޮންމެ އަހަރެއްގެ މެއި 17ގައި މި ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ޝިޢާރަކީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަ ކަން"އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside