
ޓޮޓެންހަމް ކަޓުވާލުމަށްފަހު ލިވަޕޫލް ލީގުކަޕްގެ ފައިނަލުން ޖާގަހޯދައިފި
# އިނގިރޭސި ލީގު ކަޕް# ޓޮޓެންހަމް# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރުލިވަޕޫލް އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

މިދެޓީމުގެ މެދުގައި ކުޅެވުނު ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ޓޮޓެންހަމްގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރިއިރު، މިނަތީޖާއެކު ލިވަޕޫލަށް ފައިނަލްގެ ޖާގަ ލިބުނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ، 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ލިވަޕޫލްގެ ފޯވާޑް ކޯޑީ ގައްޕޯ، މުހައްމަދު ސަލާހް، މިޑްފީލްޑަރު ޑޮމިނިކް ސްބޮސްޒްލާއި އަދި ޑިފެންޑަރު ވާޖިލް ވެންޑައިކް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ މިޑްފީލްޑަރު ޑޮމިނިކް ސްބޮސްޒްލައި އެވެ.
މުބާރާތުގެ ފައިނަލުގައި މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:00 ގައި ލިވަޕޫލުން ނުކުންނާނީ އެންމެ ފަހުގެ ރަަނަރަޕް ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.