
އާސެނަލް ކަޓުވާލުމަށްފަހު ނިއުކާސަލް ލީގު ކަޕްގެ ފައިނަލުން ޖާގަހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ލީގު ކަޕްއާސެނަލް އާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލް ފުރަތަމަ މެޗުގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިދެޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަހޯދީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނިއުކާސަލްގެ ފޯވާޑް އެލެގްޒެންޑަރ އިސާކް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮއްދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ނިއުކާސަލް އިން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖެކޮބް މާފީ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ.
މުބާރާތުގެ ފައިނަލުގައި ނިއުކާސަލް ވާދަކުރަންޖެހޭނީ މިރޭ ކުޅެވޭ ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގުގައި ޓޮޓެންހަމް އާއި ލިވަޕޫލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުގެ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




