logoEN
Sto top
ގުރައިދޫގެ ބަންޑާރަ ގޯއްޗެއް ބީއެމްއެލުން ނީލަމުގައި ވިއްކާލަނީ: ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ!

ގުރައިދޫގެ ބަންޑާރަ ގޯއްޗެއް ބީއެމްއެލުން ނީލަމުގައި ވިއްކާލަނީ: ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ!

އަހުމަދު ޝުރާއު

logo

2/5/2025, 6:45:45 AM

# ކ. ގުރައިދޫ

--

ކ. ގުރައިދޫ "ވެލި" ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން އިއުލާންކޮށްފިއެވެ.

Wamco

ބީއެމްއެލުން ބުނީ ނީލަމުގައި ވިއްކާލާ ގޯއްޗަކީ 2،000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ. ނީލަން ފެށޭ އަގަކީ 920،500 (ނުވަލައްކަ ވިހިހާސް ފަސްސަތޭކަ) ރުފިޔާއެވެ. ނީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 10 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 12:00 އެވެ.

މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ނީލަމަށް ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ގައި އިޢުލާންކުރެވޭނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުން ކަމަށް ބީއެމްއެލުން ބުނެއެވެ.

ނީލަމާ ގުޅޭ އިތުރު މައުލޫމާތު، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުގެ މި ލިންކުން ލިބޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC