logoEN
PNC TOP 3
ގުރައިދޫގައި 4 މަހުގެ ކުޑަކުއްޖަކު މަރުވި މައްސަލައެއް: އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ބޭރަށް ފޮނުވަނީ

ގުރައިދޫގައި 4 މަހުގެ ކުޑަކުއްޖަކު މަރުވި މައްސަލައެއް: އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ބޭރަށް ފޮނުވަނީ

އަހުމަދު ޝުރާއު

logo

12/14/2024, 2:56:27 PM

# ކ. ގުރައިދޫ

--

ކ ގުރައިދޫގައި ތުއްތު ކުޑަކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ތަހަުގީގުކުރަން ފަށައިފި އެވެ.

PNC MID 2

ކ ގުރައިދޫގައި އެއް އަހަރު ނުވާ ކުޑަކުއްޖަކު މަރުވި މައްސަލައަކާއި ގުޅިގެން އެކަމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއާއި އެކު މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކ ގުރައިދޫގައި 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ މިއަދުގެ ވަގުތެއްގައި އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެރަށުގެ ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެކުއްޖާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކުއްޖާ ނިޔާވެފައި އޮތްވާ ފެނުނު ކަމަށް ބުނާ ތަނުގައި ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވެފައިވާ ކަމަށާއި ކުއްޖާގެ ހަށިގަނޑު މިހާރު މާލެ ގެންގޮސްފައިވާ ކަމަށްވެސް އެފަރާތްތަކުން މައުލޫމާތު ދެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC