
--
ކ ގުރައިދޫގައި މިދިޔަ ހަފްތާގެ ތެރޭގައި ނިޔާވި 4 މަހުގެ ތުއްތުކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

ގުރައިދޫގައި އެއް އަހަރު ނުވާ ކުޑަކުއްޖަކު މަރުވި މައްސަލައަކާއި ގުޅިގެން އެކަމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކ ގުރައިދޫގައި 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދުގެ މެންދުރު 12:00 ގެ ފްލައިޓުން އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
މި މައްސަލާގެ ތަހުގީގާއި ގުޅޭގޮތުން އަދި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
ގުޅުންހުރި

ގުރައިދޫގެ ބަންޑާރަ ގޯއްޗެއް ބީއެމްއެލުން ނީލަމުގައި ވިއްކާލަނީ: ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ!

ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް!





