logoEN
PNC TOP 3
 ޝައްކު އުފެދޭ ގޮތަކަށް ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

ޝައްކު އުފެދޭ ގޮތަކަށް ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

ސާރާ އަހުމަދު

logo

12/22/2024, 5:50:48 PM

# ކ. ގުރައިދޫ

--

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކ.ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި އެވެ.

PNC MID 2

އެކުއްޖާ ހަށިގަނޑު ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައި މިއަދު އަސުރު ނަމާދަށްފަހު ގައެވެ.

ހަތަރު މަހުގެއެ ކުއްޖާ ނިޔާވީ މިމަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ކުއްޖާގެ މަރުގައި ޝައްކު އުފެދެން ދިމާވީ ނިޔާވެފައޮ އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރުމުންނެވެ.

މިއާއިއެކު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިއެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާފަ އެވެ.

ފުލުހުން ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމައެއްނުކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC