logoEN
Sto top
"ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ތެރެއިން ތުލުސްދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި

"ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ތެރެއިން ތުލުސްދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި

އަހުމަދު ޝުރާއު

logo

2/4/2025, 3:39:11 PM

# އިޖްތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާ

--

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ކ ތުލުސްދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި އެވެ.

Wamco

އެވުޒާރާއިން މިއަދު ބުނީ ‘ހާލު ކިހިނެއް؟’ ޕްރޮގްރާމް މާލެ އަތޮޅުގެ ރަށްތަކުގައި ފަށައިގެން ކުރިއަށްދާއިރު، މާލެ އަތޮޅު ތުލުސްދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކުރެވި އެފަރާތްތަކުގެ އެއްބާރުލުމާއެކު ތުލުސްދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ‘ހާލު ކިހިނެއް؟’ ޓީމްތަކުން ޒިޔާރަތްކޮށް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން 'ހާލު ކިހިނެއް؟' ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވުނު ޒިޔާރަތްތަކުގައި އެކި އުމުރުފުރައިގެ ރައްޔިތުންނާ ބައްދަލުކޮށް، އެޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަނެވިފައިވާކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ކ އަތޮޅުގެ ޒިޔާރާތްތައް ރަސްމީކޮށް ފެށީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާނުވެ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 11000 އަށްވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside