logoEN
Sto top
ސްވެޑެންގެ ސްކޫލެއްގައި ބަޑީގެ ހަމަލާއެއްދީފި

ސްވެޑެންގެ ސްކޫލެއްގައި ބަޑީގެ ހަމަލާއެއްދީފި

އަހުމަދު ޝުރާއު

logo

2/4/2025, 3:02:21 PM

# ސްވެޑެން

--

ސްވިޑެންގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކަށް ޒަހަމްވެފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ އަންގާރަ ދުވަހު އޮރެބްރޯ ސިޓީގެ އެޑަލްޓް އެޑިއުކޭޝަން ސެންޓަރަކަށެވެ. ރިސްބާގްސްކާ ސްކޫލްގެ ނަމުން ނަން ދީފައިވާ މި ސެންޓަރަށް ހަމަލާދިން ވަގުތަކީ އެތަނުގައި ދަރިވަރުން ވެސް ތިބި ގަޑިއެއް ކަމަށް ވެއެވެ.

Wamco

މި ހަމަލާގައި 5 މީހަކު ޒަހަމްވެފައިވާކަން ހާމަަކުރި ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

"މިއީ ބޮޑު ކުށެއްގެ ގޮތުގައި މިހާރު ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހާދިސާ ހިނގި ސްކޫލު ސަރަހައްދުގައި އިމަޖެންސީ ރެސްޕޮންސް ޓީމުތައް މިހާތު ހަރަކާތްތެރިވަމުންދާއިރު އެސްކޫލުގެ، ކެމްޕަހުގައި ތިބި ދަރިވަރުން އެތަނުގެ ތެރޭގައި މިވަގުތު ތިބުމަށް ވަނީ ފުލުހުން އިލްތިމާސްކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside