logoEN
Sto top
ހައިވޭ އެކްސިޑެންޓު: މަރުވި މީހާގެ ގައިމަތިން ދިޔަ ސައިކަލުގައި އިނީ 60 އަހަރުގެ އަންހެނެއް!

ހައިވޭ އެކްސިޑެންޓު: މަރުވި މީހާގެ ގައިމަތިން ދިޔަ ސައިކަލުގައި އިނީ 60 އަހަރުގެ އަންހެނެއް!

އަހުމަދު ޝުރާއު

logo

2/4/2025, 6:30:54 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލެ އާއި ސިނަމާލެ ބްރިޖު ގުޅޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

Wamco

ފުލުހުން ހޮނިހިރު ދުވަހު ބުނެފައި ވަނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ، ހައިވޭގެ ވާތް ފަރާތުގައި ޖަހާފައި ހުރި ސޯލާޕެނަލްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ކޯންތަކެއްގައި ސައިކަލެއް ޖެހިގެންނެވެ. އަދި ސައިކަލު ދުއްވަން އެވަގުތު އިނީ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް. ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާއި ގުޅުންހުރި ވީޑިއޯއެއް އިއްޔެ އާންމުވެފައިވާއިރު އެވީޑިއޯއިން ފެންނަނީ ހައިވޭގައި ހުރި ކޯނެއްގައި ޖެހި ސައިކަލެއްގައި ދިޔަ މީހަކު މަގުމައްޗަށް ވެއްޓުނުތާ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ފަހަތުން އައި ސައިކަލެއް އެމީހާގެ ގައިމަތިންދާ މަންޒަރެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން މާބޮޑު ތަފްސީލެއް ދީފައި ނުވާއިރު މި ވީޑިއޯ އާންމުވެގެންދިޔުމާއި އެކު ގިނަ ނޫސްވެރިންގެ ސުވާލުތަކެއް ފުލުހުންނަށް ވަނީ އަމާޒުވެފައި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އެސީޕީ އަހުމަދު ޝިފާން ވިދާޅުވީ އެ އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާއި ވަނީ ސުވާލުކޮށްފައި ކަމަށެވެ. އަދި އޭނާގެ ލައިސެންސް ހިފަހަށްޓައި އޭނާ ދުއްވި ސައިކަލު ވަކީ ޓޯ ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ސުވާލުކުރި މީހާއަކީ މަރުވި މީހާގެ ގައިމަތިން ދިޔަ ސައިކަލު ދުއްވަން އިން އަންހެން މީހާކަން ޝިފާން ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside