ފުލުހުންގެ ޚިދުމަތާ އެމްބީއެސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
އަހުމަދު ޝުރާއު
2/4/2025, 5:59:03 AM
--
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފުލުހުން ބައިވެރިވެ ލޭ ހަދިޔާ ކޮށްފައިވެއެވެ.
މިފަދަ ޕްރޮގްރާމުތަކަކީ ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެކެވެ.