
--
މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިނގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭ އެއްގައި ހިނގި މާރާމާރީއެއްގެ މައްސަލަ މިއަދު 12:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މާރާމާރީ ހިނގާފައިވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށާއި އަނިޔާވި ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ހާމަކުރި އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން މިވަގުތުވެސް އެކެފޭ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާރާމާރީގައި ބިދޭސީއަކަށް ބޮޑެތު ޒަހަމްތަކެއް ވަނީ ލިބިފައި އެވެ. އެގޮތުން ކެފޭއެއްގެ ބަދިގެ ތެރޭގައި ހިނގި މި މާރާމާރީގައި އަނިޔާވި ބިދޭސީމީހާގެ ގައިން ގިނަ އަދަދެއްގެ ލޭ އައިސްފައި ހުރި މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ގުޅުންހުރި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި

ސަލާމަތީ ބާރުތަކުގެ ޚާއްސަ އޮޕަރޭޝަން: މިހާތަނަށް 3 މީހަކު ހައްޔަރަށް!

ގައުމީ ސަލާމަތާއި ގުޅޭ އޮޕަރޭޝަނާއި ބެހޭ ބަޔާން ޑިލީޓްކޮށްފި: ފުލުހުން ބުނަނީ އިތުރަށް ވެރިފައި ކުރަނީކަމަށް!
