logoEN
WAMCO TOP 1
ލަނޑުދަނޑި އަކީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ދަނޑުވެރިކަމުގެ ދާއިރާއެއް: ވަޒީރު

ލަނޑުދަނޑި އަކީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ދަނޑުވެރިކަމުގެ ދާއިރާއެއް: ވަޒީރު

އަހުމަދު ޝުރާއު

logo

2/4/2025, 5:36:21 AM

# ދަނޑުވެރިކަން

--

ދަނޑުވެރިކަމުގެ ސިނާއަތުގައި އަހަރެމެންގެ ލަނޑުދަނޑި އަކަށްވާންވީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ސިނާއަތެއް ޤާއިމްކުރުންކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މާރިޔާ މިފަދައިން ވިދާޅުވީ ދިވެރިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގައި އަޅުގަނޑުމެންގެ ކާބަފައިން ޖޮންކެހުންތަކުން އަރައިގަތީ އައު ގޮތްތައް ހޯދައިގެންކަމަށެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ޤައުމީ ރޫޚްގައިކަމަށެވެ. އެހެންކަމުން އަހަރެމެން އެކަންކަން ނަމޫނާއަކަށް ނަގާ، އެ ޒިންމާ އުފުލަން ޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ އަޅުގަނޑުމެންގެ ލަނޑުދަނޑިއަށް ވާސިލް ވުމަށްޓަަކައި ދަނދުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އަންހެނުންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC