
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖެނިން އަށް ޔަހޫދީން ވަރުގަދަ ހަމަލާއެއް މިއަދު ދީފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ޔަހޫދީން އެއްފަހަރާ ވަރުގަދަ ހަމަލާތަކެއް ދީ ގިނަ އިމާރާތްތަކެއް ވަނީ ބިމާއި ހަމަކޮށްފައި އެވެ.
އެގޮތުން މި ހަމަލާގައި 20 ވަރަކަށް ގެ ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.
އިސްރާއީލުން ދަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރީއަށް އަސްކަރީ ބޮޑެތި ހަމަލާތަކެއް ދެމުންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލަން ހަމާސްއާއި އިޒްރޭލުން އެއްބަސްވި ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައި ވެއެވެ.
ޖެނިން އަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ރެއިޑުގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ= ފޯކަލް ޕޮއިންޓުގެ ގޮތުގައި މަޝްރަހު ދިރާސާ ކުރާ ފަޜާތްތަކުން ދެކެއެވެ.
ގުޅުންހުރި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި

ޔަހޫދީން ދިން ހަމަލާގައި ޖެނިންގެ ހޮސްޕިޓަލަށްވެސް ގެއްލުންތަކެއް!
