އެތެރޭގެ އުދުންތަކުގެ އަގަށް ބަދަލެއް ނާދޭ - މޯލްޑިވިއަން
އަހުމަދު ޝުރާއު
2/1/2025, 8:54:00 AM
--
ގައުމީ އެއާލައިން, މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ އުފުހުންތަކުގެ ޓިކެޓުގެ އަގަށް ބަދަލު ގެނެސްފައިނުވާކަމަށް އެއެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލުއައިސްފައިވާކަން ފާހަގަކުރެވުނީ އެކުންފުނީގެ އޮންލައިން ބުކިން ސިސްޓަމް މެދުވެރިކޮށް މިއަދު ޓިކެޓު ނަގަން މަސައްކަތްކުރި ފަރާތްތަކަށެވެ.
ނަމަވެސް މިއަދު އެކްސްގައި މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއެއާލައިނުން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިނުވާ ކަމަށާއި އަގުތައް ބަދަލުވެފައިވާކަން ފެންނަން ހުރީ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އަދި މިހާރު އެމައްސަލަ ހައްލުކޮށްފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައި އެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މޯލްޑިވިއަންއިން ވަނީ މާފަށް އެދިފައި އެވެ.
މޯލްޑިވިއަންއިން ވަނީ ޓިކެޓު ނެގުމުގައި އިތުރު ދަތިތަކެއް ދިމާވެއްޖެ ނަމަ އެކުންފުނީގެ ބުކިންގ ހޮޓްލައިން 1671 އަށް ގުޅުއްވުމަށް އެދިފައި އެވެ.