
--
ގައުމީ އެއާލައިން, މޯލްޑިވިއަންގެ ބުކިން ސިސްޓަމްއަށް މައްސަލައެއް ދިމާވެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ އެ އެއާލައިންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަމަށާއި އެކަމާއި ގުޅިގެން ބުކިން ސިސްޓަމުން ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.
އަދި ދިމާވި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަންވެސް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައި އެވެ.
ބުކިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރެވެންދެން އެކުންފުނީގެ ހޮޓްލައިން 1671 އަދި މެދުވެރިކޮަށް ފްލައިޓުތަކަށް ބުކިން ހެދޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައި އެވެ.
އެކުންފުނިން ވަނީ މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި އެވެ.
ގުޅުންހުރި

މޯލްޑިވިއަންއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ގަސްއިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ ގައުމީ އެއާލައިނުން!

ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޮޑު ކާމިޔާބީއެއް: މޯލްޑިވިއަންއަށް އިއާސާ ޕާޓް 145 ސެޓްފިކެޓް ލިބިއްޖެ
