logoEN
Sto top
ޗައިނާ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަށް ހޫނު މަރުހަބާއެއް!

ޗައިނާ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަށް ހޫނު މަރުހަބާއެއް!

އަހުމަދު ޝުރާއު

logo

1/23/2025, 5:52:50 AM

# މޯލްޑިވިއަން

--

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން (މޯލްޑިވިއަން)، އިން ޗައިނާގެ ޗެންޑޫ ސިޓީއާއި ދިވެހިރާއްޖެއާ ދެމެދު ފެށި ސީދާ ވައިގެ ދަތުރުގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

Wamco

މި ތާރީޚީ ވައިގެ ދަތުރު ފެށުމާ ގުޅިގެން، އެއަރޕޯޓުގައި ޚާއްޞަ މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. އެގޮތުން އެބޯޓުން ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންނަށް ވީއައިއޭއިން ވަނީ ސަގާފީ މަރުހަބާއެއް ކިޔާފައި އެވެ.މި ރަސްމިއްޔާތުގައި މިނިސްޓަރ މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އައު ވައިގެ ދަތުރުތައް ފެށުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ދެ ޤައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

އަދި އައު ވައިގެ ދަތުރުތައް ފެށުމަކީ ޤައުމީ އެއަރލައިން (މޯލްޑިވިއަން)ގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ޙާޞިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ދާދި ފަހުން ގައުމީ އެއާލައިންގެ ފްލީޓާއި ގުޅުނު އޭ330 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓުތައް ބޭނުންކުރާ ޗައިނާގެ ދަތުރުތަކުގައި ހަފްތާއަކު 3 ފްލައިޓް ދަތުރުކުރާނެއެވެ. މޯލްޑިވިއަންއިން ދަތުރުތައް ފަށާފައިވަނީ ޗައިނާގެ 3 ސިޓީއަކަށެވެ.

Maldivian
ކޮމެންޓް
Maldivian