logoEN
Sto top
ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު ކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު ކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

1/30/2025, 4:25:45 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ތަމްރީނު ޕްރޮގްރާމަކީ “ކެޕޭސިޓީ ސްޓްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް” (ސީ.ބީ.އައި.ޓީ މޯލްޑިވްސް) ޕްރޮޖެކްޓުގެ ދަށުން ހިންގުނު ޙަރަކާތެކެވެ. ސީ.ބީ.އައި.ޓީ މޯލްޑިވްސް މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭ އެހީގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ފެށުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ޤައުމީ ސިޔާސަތުތައް އެކަށައެޅުމުގައި ހަކަތައިގެ ތަފާސްހިސާބުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ހަކަތައިގެ ތަފާސްހިސާބު ތައްޔާރުކުރުމުގައި ކަމާ ގުޅުންހުރި އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އެކިއެކި ސިނާޢަތްތަކުގައި ހަކަތަ ބޭނުންކުރެވޭ ގޮތްތަކުގެ މަޢުލޫމާތު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މި ތަމްރީނު އަމާޒުކުރެވިފައިވަނީ ހަކަތައިގެ މަޢުލޫމާތު ބަލަހައްޓައި، ހަކަތައިގެ ޕްލޭނިންގ އާއި، ގްރީންހައުސް ގޭސް އިންވެންޓްރީ އެކުލަވާލުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 24 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި އެނަރޖީ ޑިޕާޓްމަންޓުގެ އިތުރުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ދިރާގު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސީ.ބީ.އައި.ޓީ މޯލްޑިވްސް ޕްރޮޖެކްޓުގެ ކޮންސަލްޓަންޓުން ކަމަށްވާ ސްރީ ލަންކާ އެނަރޖީ މެނޭޖަރސް އެސޯސިއޭޝަން (ސްލެމާ) އާއި އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ ތަމްރީނުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވާފައެވެ. މީގެއިތުރުން، ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ ސީ.ބީ.އައި.ޓީ މޯލްޑިވްސް މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށާއި، މި ސެޝަން ނަންގަވައިދެއްވި ކޮންސަލްޓަންޓުންގެ އިތުރުން ތަމްރީނުގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside