logoEN
Sto top
ބާޒާރުގައި މަކިޓާގެ ނަކަލު އުފެެއްދުންތަކެއް ދައުރުވަނީ: ސަމާލުވުމަށް އެސްޓީއޯގެ އިލްތިމާސް!

ބާޒާރުގައި މަކިޓާގެ ނަކަލު އުފެެއްދުންތަކެއް ދައުރުވަނީ: ސަމާލުވުމަށް އެސްޓީއޯގެ އިލްތިމާސް!

އަހުމަދު ޝުރާއު

logo

1/30/2025, 12:56:32 PM

# އެސްޓީއޯ

--

"މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގައި "މަކިޓާ" ބްރޭންޑުގެއުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ)އިން އިލްތިމާސްކޮށްފި އެވެ.

Wamco

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މަކިޓާ" ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާއެއްގޮތްވާ, ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ ގިނައަހަރުތަކެއްވެއްޖެ ކަމަށާއި އެކިގޮތްގޮތަށް "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން މިކުންފުންޏަށްވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން އެކިގޮތްގޮތަށް "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން މިކުންފުންޏަށްވަނީ ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ބައްލަވައިގަންނަވާ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެސްޓީއޯގެ އައުޓްލެޓްތަކުން އަދި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ބައްލަވައިގަންނަ "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކަށް އެކަނިކަމުގައި އެކުންފުނިން ބުނެއެވެ.

އެހެންކަމުން، "މަކިޓާ" ބްރޭންޑުގެ ނަކަލު "ފޭކް" އުފެއްދުންތަކާމެދު ސަމާލުވުމަށާއި އަދި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުމަށް އެކުންފުނިން ވަނީ އެދިފައި އެވެ.

މި ފުރުސަތުގައި "މަކިޓާ" ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި މިކުންފުނިން ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside