logoEN
Sto top
ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

1/30/2025, 9:10:16 AM

# ރާއްޖެ - ސައުދީ

--

ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު ވިޔާފާރީގެ ރޮގުން ގުޅުން ބަަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.

Wamco

ރާއްޖޭގެ ހާރިޖީ ވުޒާރާއިން މިއަދު ބުނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލެންސީ ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު ރަސްމީ ބައްދަލުކުރެެއްވުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ކުރިޔަށް ދިޔަ މި މަޝްވަރާ ފެށްޓެވުމުގެ ކުރިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުވަނީ ސަޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާގުޅިގެން ސަޢޫދީ ޝާހީއާއިލާގެ މެންބަރުންނަށް ތައުޒިޔާ ވިދާޅުވި ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި އެވެ.އަދި މި މަޝްވަރާގައި، ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside