
މިނިސްޓަރު ހަލީލް, ސައުދީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
# ފޮރިން މިނިސްޓްރީ# ރާއްޖެ - ސައުދީ--
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ ބައްދަލުކުރައްވައިފި އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެވަޒީރުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ޚަލީލް ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ ޢަރަބިއްޔާއާއި އެކު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ޚަލީލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި، މަލްޓިލޭޓަރަލް ފޯރަމްތަކުގައި ވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ދެވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ހަލީލް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދުގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޚަލީލްގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރާއި ސެކްރެޓަރީ ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރާތުން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބަކަށް މޮންދު!

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)