އެމްޑީޕީން ބާއްވާ "ފުދިއްޖެ, ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ
އަހުމަދު ޝުރާއު
1/28/2025, 5:22:59 PM
ފޮޓޯ: އަވަސް
އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހު ހަވީރު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޚާއްސަ ހިނގާލުން ފަށަން ހަމަޖެހިފައިވާ ގަޑިއަށް ބަދަލުއަތުވެއްޖެ އެވެ.
އެމްޑީޕީއިން "ފުނދިއްޖެ, ފުނޑިއްްޖެ" ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ހިނގާލުން ކުރިން ބޭއްވުމަށް ތައްޔާރުވަމުންދިޔައީ އެދުވަހުގެ ހަވީރު 16:00 އަށެވެ. ނަމަވެސް މިރޭ އެޕާޓީން ވަނީ މިހިނގާލުން ބާއްވާ ގަޑި އެރޭގެ 20:00 އަށް ބަދަލުކޮށްފައި އެވެ.
ހިނގާލުމުގެ ގަޑި ބަދަލުވިކަން އެޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ޕާޓީގެ ލީޑަރޝިޕުންވެސް ވަނީ މީސް މީޑިއާގައި މިހާރު ހިއްސާކޮށްފައި އެވެ.
އެ ޕާޓީން ބުނީ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށްވާ ވީހާ ވެސް ގިނަ ބަޔަކު އެހަރަކާތުގައި ބައިވެރިވާން އެދޭކަމަށެވެ.
އެމްޑީޕީން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލުމަށް މަގުމަތީ ހަރަކާތްތައް އިތުރު ކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ޕާޓީން ވަނީ ޑިމޮކްރަސީ އާއި ހައްގުތަކާއި މިިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެވެސް އަޑު އުފުލާފަ އެވެ.