
--
ކ ދިއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ހަވާލުވުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނުން ފަށައިފި އެވެ.

މިހާރުވެސް ކ އަތޮޅުގެ ބައެއް ރަށްތަކުގައި ހިދުމަތް ފަށައި އަދި ބައެއް ރަށްތަކުގައި ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ވެމްކޯއިން ދިއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ހަވާލުވުމަށް ރަސްމީ މަޝްވަރާތައް މިހާރު ވަނީ ފަށާފައި އެވެ.
އެގޮތުން އިއްުޔެ އެކުންފުނިން ވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލު ކުރުމަށް ދިއްފުށީ ކައުންސިލާއި އެކު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. މި މަޝްވަރާތަކުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް އާއި އެކުންފުނީގެ ޑީއެމްޑީގެ އިތުރުން ކުންފުނީގެ އިސް އެހެން ބައެއް ފަރާތްތަކުންވެސް ވަނީ ބައިވެރިވަޑައިގެންފައި އެވެ.
ވެމްކޯއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 7 ރަށެއްގައި ހިދުމަތް ދޭން ފަށާފައި ވެއެވެ. އެއީ ތިނަދޫ ސިޓީ , ކުޅުއްދުއްފުށީ ސިޓީ , ކ މާފުށި , ލ ގަން , ލ ފޮނަދޫގެ އިތުރުން ދާދި ފަހުން ހިދުމަތް ފެށި ކ ހިންމަފުއްޓާއި ގުރައިދޫ އެވެ.
މިއާއި އެކު ވެމްކޯގެ ހިދުމަތް މިހާރު ދެމުން އަންނަ ރަށްތަކާއި ސިޓީތަކުގެ އަދަދަކީ 10 އެވެ.
ގުޅުންހުރި

މޫސުން ގޯސް ދުވަސްވަރަކަށްވުމުން މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނުނެރެން ވެމްކޯގެ އިލްތިމާސްއެއް!

32 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ވެމްކޯއަށް!

އެޗްޑީސީސީން ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް ނާސިފް!
