
މޫސުން ގޯސް ދުވަސްވަރަކަށްވުމުން މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނުނެރެން ވެމްކޯގެ އިލްތިމާސްއެއް!
# ވެމްކޯ--
ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މާލެ ސަރަހައްދުގެ މަގުތަކަކާއި އާންމު ސަރަހައްދުތަކަށް ކުނި ނުނެރެން ވެމްކޯއިން އިލްތިމާސްކޮށްފި އެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހަފްތާއަކީ މޫސުން ގޯސް ވިއްސާރަ ހަފްތާއެއްކަމުގައި ވީނަމަވެސް އެކުންފުނީގެ ހީވާގި މުވައްޒަފުން ދަނީ ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރަމުން ކަމަށެވެ.
އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެ ނަމަ މުޖުތަމައުގެ އާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ހިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮތްލައިން ނަމްބަރު 1666 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައި އެވެ.
މި ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި ކެތްތެރިކަމަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައި އެވެ.
ގުޅުންހުރި

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ





