
ރޯދައަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ވެމްކޯއިން ލުޔެއް: ކުދި ދަތުރުތައް ނަމުގައި ޚާއްސަ ދަތުރުތަކެއް!
# ވެމްކޯ--
ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންވަމުންދާ ތައްޔާރީތަކަށް އެހީތެރިވުމަށް ވެމްކޯއިން ޚާއްސަ ހިދުމަތެއް ފަށައިފި އެވެ.

އެކުންފުނިން މިއަދު ބުނީ ރޯދައާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ވެމްކޯގެ ކެޕްސް، ހަލުވި އަދި ރަސްހަލުވީގެ 350 ކިލޯގެ ޕިކަޕު ތަކުން 'ކުދި ދަތުރުތައް' މި ނަމުގައި ޚާއްސަ ދަތުރުތަކެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ޚާއްސަ ހިދުމަތް ފޯރުކޮށްދޭނީ 25 ފެބްރުއަރީއިން 27 ފެބްރުއަރީ ގެ ނިޔަލަށް ކަމަށް އެކުންފުނިން ބުނެއެވެ.
ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އިރުރަށް ލުއި ކޮށްދިނުމަށްޓަކައި އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 23 ފެބްރުއަރީ އިން ފެށިގެން މާލެ އަދި ހުޅުމާލެ ސަރަޙައްދުގެ ޚިދުމަތައް ދޭ ގަޑިތަކަށް ވެމްކޯއިން ވަނީ ބަދަލު ގެނެސްފައި އެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން ފެށިގެންނެވެ. އަދި ކުނި ތައްޔާރުކުރާނީ އިރުއޮއްސި 19:00 އިން 20:00 އަށް ދެމެދުއެވެ.
ހުޅުމާލެ ސަރަހައްދުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ. އަދި ހުޅުމާލެ ސަރަހައްދުގައި ކުނި ތައްޔާރުކުރަން އެދިފައިވަނީ އިރުއޮއްސި 19:30 ން 20:30 އާއި ދެމެދުއެވެ. އަދި ވެމްކޯއިން ބުނީ މި ބަދަލު ގެނެސްފައިވަނީ ފެބްރުއަރީ 23 އިން ފެށިގެން އޭޕްރީލް މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ އެހެން މަސްތަކައްވުރެ ކުނި ގިނަވާ މައްސަރެކެވެ. އަދި މި މައްސަރަކީ މާލޭގެ މަގުތަކުގައިވެސް ކުނި ގިނަވާ މައްސަރެއްކަން ފާހަގަކުރެވެއެވެ
ގުޅުންހުރި

ގައުމީ މުބާރާތުގެ ތަށި ވެމްކޯ އިން ދިފާއުކޮށްފި

ވެމްކޯގެ ހޮބާ ހިދުމަތާއި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ގުޅިއްޖެ

ދިއްދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް މާދަމާއިން ފެށިގެން ރަޖިސްޓްރީ ކުރެވޭނެ!
