
--
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން އަހުމަދު ނާސިފް މިއަދު އެ މަގާމުން ވަކިކޮށް އެހެން ކުންފުންޏަކަށް ބަދަލުކޮށްފިި އެވެ.

ޕީސީބީން ވިދާޅުވީ އެޗްޑީސީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވާސައިޑް އަހްމަދު ނާސިފް، އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ކަމުގެ މަގާމަށް މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ހާމައެއް ނުކުރެއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަންކަން ވެސް ކުރެއްވި ނާސިފް އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ނާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ގުޅުންހުރި

ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި

.gif&w=3840&q=75)



