logoEN
Sto top
ޑީއެސްސީ ބަލިކޮށް އާރުޑީއެލް އިން ކުއާޓާގެ އުންމީދު ދަމަހައްޓައިފި

ޑީއެސްސީ ބަލިކޮށް އާރުޑީއެލް އިން ކުއާޓާގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

1/21/2025, 6:00:52 PM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ހޭންޑް ފުޓް އެންޑް މައުތް

ޑިއެސްސީ އާއި އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި އާރުޑީއެލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން މޮޅުވެ އާރުޑީއެލް އިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އާރުޑީއެލް ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ޖީބީ ސްޕޯޓްސް ކުލަބު އަތުން އެޓީމު ބިލިވެފައިވާއިރު، މިއީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑީއެސްސީ އިން ކުޅުނު ފުރަތަމަ މެޗެވެ.

މުބާރާތުގައި އާރުޑީއެލް ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައިވީ ނަމަވެސް މިމެޗުގައި އެޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 17 ލަނޑުގެ ލީޑަކާއެކު 8-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 16 ލަނޑުގެ ލީޑަކާއެކު 9-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލްގެ ވިޝާން އަބްދުލް މަޖީދު އެވެ.

20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside