
ހަކަތަރި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ފެށުމުގެ ވޯކްޝޮޕެއް ބާއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
ހަކަތަރި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ފެށުމުގެ ވޯކްޝޮޕެއް ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީން އިން ބުނީ މި ޕްރޮގްރާމަކޯ ޔޫ.އެސް.އޭ.އައި.ޑީގެ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް (ސާރެޕް) އާ ގުޅިގެން ހަކަތަރި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ފެށުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ..
މިހާރު އެއަރ ކޮންޑިޝަނަރ، ފްރިޖް އަދި ދޮންނަ މެޝިން ހިމެނޭ މި ޕްރޮގްރާމް، ފެން ހޫނުކުރާ ސާމާނު، ފެން ޕަންޕު އަދި ފަންކާވެސް ހިމެނޭގޮތަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ހަކަތައިގެ ޑިމާންޑް ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަކަތަ ޤަނާއަތްތެރިކަން މުހިންމުކަމަށެވެ.
މި ވޯކްޝޮޕަކީ ހަކަތަރި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުކުރެވި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
