
އިސާކްގެ ދެލަނޑާއެކު ނިއުކާސަލް އިން ވުލްވްސް ބަލިކުރިއިރު، އެވަޓަން އަތުން އެސްޓަންވިލާއަށް އުނދަގޫ މޮޅެއް
# އެސްޓަން ވިލާ # ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# ވުލްވްސް# ނިއުކާސަލް ޔުނައިޓެޑް # އެވަޓަންއިސާކް ވުލްވްސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް އިން ވުލްވްސް ބަލިކުރިއިރު، ރަށުން ބޭރުގައި އެސްޓަންވިލާ އިން އެވަޓަން ބަލިކޮށްފިއެވެ.

ވުލްވްސް އާއި ދެކޮޅަށް ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ފޯވާޑް އެލެގްޒެންޑަރ އިސާކް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެންތަނި ގޯޑެން އެވެ.
އެވަޓަންގެ ދަނޑުގައި އެސްޓަންވިލާ 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް އޮލީވް ވަޓްކިންސް އެވެ. އަދި މިއީ އެވަޓަންގެ ކޯޗު ޑޭވިޑް މޮއިސް ދެވަނަ ފަހަރަށް އެޓީމާއި ހަވާލުވި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މިނަތީޖާތަކާއެކު ލީގުގައި ކުޅުނު 21 މެޗުން ނިއުކާސަލްއަށް 38 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި 21 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެސްޓަންވިލާ އިން ލީގު ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފައެވެ.
ލީގުގައި ކުޅުނު 21 މެޗުން ލިބުނު 16 ޕޮއިންޓާއެކު ވުލްވްސް ލީގު ތާވަލުގެ 18 ވަނައިގައި އޮތްއިރު، 20 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެވަޓަން މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
ފަހުގެ

ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

ސައުދީ-ރާއްޖެ ބައިނަލްއަޤްވާމީ އިންޓެގްރިޓީ ފޯރަމްގެ ތައްޔާރީތައް ފެށިގެން ކުރިޔަށް!
.jpeg&w=3840&q=75)
ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރުތަކަކަށް ހޫތީންގެ މިސައިލްއާއި ޑްރޯން ހަމަލާތަކެއް!

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެ - ޝަފީއު
