logoEN
Sto top
ފުދިއްޖެ, ފުނޑިއްޖެ: މިމަހުގެ 31 ގައި އެމްޑީޕީއީން ސީދާ ހަރަކާތަށް މަގުތަކަށް!

ފުދިއްޖެ, ފުނޑިއްޖެ: މިމަހުގެ 31 ގައި އެމްޑީޕީއީން ސީދާ ހަރަކާތަށް މަގުތަކަށް!

އަހުމަދު ޝުރާއު

logo

1/13/2025, 6:19:39 AM

# އެމްޑީޕީ

--

ސަރުކާރު ޖަވާބުދާރީކުރުމަށް ޚާއްސަ ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

Wamco

އެމްޑީޕީއިން ބުނީ ސަރުކާރު ޒިންމާދާރު ކުރުވައި ރައްޔިތުންގެ އަޑު އިއްވުމަށް ބާއްވާ ހާއްސަ ހިނގާލުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށެވެ.

މި ހިނގާލުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެމްޑީޕީގެ މަގުމަތީ ޙަރަކާތްތައް ރަސްމީކޮށް މިހާރު ފެށިފައިވާ އެނިންމުން ނިންމީ އެމްޑީޕީގެ ޤައުމީ މަޖިލީހުންކަމަށެވެ. އަނަސް ވިދާޅުވީީ، އެމްޑީޕީން މިމަހުގެ 31 ގައި ބާއްވާ ހިނގާލުމަކީ ސުލްޙަވެރި ސިޔާސީ ޙަރަކާތެއް ކަމަށާއި، މި ޙަރަކާތް ވަރުގަދަކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާ ކަމަށެވެ. އެ

އަނަސް ވަނީ މި ހަރަކާތަށް އެކި ޕާޓީތަކާ މަޝްވަރާ ކުރަމުންދާކަމަށްވެސް ހާމަކުރައްވާފައި އެވެ.

އެމްޑީޕީގެ މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި މިފަދަ މަގުމަތީ ބޮޑު ހަރަކާތަކަށް އެމްޑީޕީން ނުކުންނަ ފުރަތަމަ ފަހަރެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside