logoEN
Sto top
ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދިވެހި އަންހެން ފުލުހަކު ދުބާއިއަށް!

ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދިވެހި އަންހެން ފުލުހަކު ދުބާއިއަށް!

އަހުމަދު ޝުރާއު

logo

1/12/2025, 6:10:30 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދުބާއި ޕޮލިސް އާއި ރޮޗެސްޓަރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ - ދުބާއި އިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް" ކޯހުގައި ބައިވެރިވުމަށް ކޮންސްޓަބަލް އާމިނަތު މުޝްރިފާ އެކުވެރި އަރަބި އިމާރާތުގެ ދުބާއިއަށް ފުރައިފިއެވެ.

Wamco

މި ކޯހަކީ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ރެސިޑެންޝަލް ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތައް އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ކުރިއެރުން ގެނެސްދޭނެ އައު ވިސްނުންތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. މި ކޯހުގައި 8 އެކަޑަމިކް މޮޑިއުލްއާއި 5 ޓެކްޓިކަލް މޮޑިއުލް ހިމެނެއެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މި ކޯސް ފެށޭނީ 13 ޖެނުއަރީ 2025 ގައެވެ. އަދި ނިމޭނީ 10 މެއި 2025 ގައެވެ.

މި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަރޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ހިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނެއެވެ. އަދި ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside