ފޭސް 2 ގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގެއްލުން ދީފި
އަހުމަދު ޝުރާއު
1/11/2025, 8:02:44 AM
--
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޓްރާސްޕޯމަރުތަކަކަށް ބަޔަކު ގެއްލުންދީފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ފޮޓޯޓަކާއި އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ހައި-ވޯލްޓޭޖް (އެޗްވީ) ޓްރާންސްފޯމަރު ބަހައްޓާފައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުގެ އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.
"ޓްރާންސްފޯމަރުތައް ހަލާކުކޮށްލާފައިވަނީ އެތަނަށް ނުވަދޭގޮތަށް ބަންދުކޮށްފައިވަނިކޮށް. ތަޅު ހަލާކުކޮށްލައިގެން ޓްރާސްފޯމަރުތަކަށް ގެއްލުންދީފައިވަނީ. މީގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުމަށް ދިމާވި." ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރުތަކަށް ދީފައިވާ ގެއްލުމަށް ބެލުމުން އެ ޢަމަލު ހިންގާފައިވަ ނީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކަރަންޓުގައި ޖެހި ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ފަހުމީ ފާހަގަކުރެއްވި އެވެ.
މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފަހުމީ ހާމަކުރެއްވި އިރު މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.