logoEN
Sto top
ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު: މުވައްޒަފުންގެ ހުނަރަށް އެމްޑީގެ ތައުރީފު!

ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު: މުވައްޒަފުންގެ ހުނަރަށް އެމްޑީގެ ތައުރީފު!

އަހުމަދު ޝުރާއު

logo

1/26/2025, 4:23:09 PM

# ސްޓެލްކޯ

--

ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް މެނޭޖިން ޑިރެޓަރު ހުސައިން ފަހުމީ ތައުރީފު ކުރައްވައިފިއެވެ.

Wamco

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވަނީ ތުލުސްދޫގައި ތަރައްޤީކުރަމުންދާ އެކުންފުނީގެ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ކުރިޔަށްދާގޮތުގެ ފޮޓޯއެއްވެސް ހިއްސާކުރައްވާފައި އެވެ.

ފަހުމީގެ ޕޯސްޓުގައި ވިދާޅުވީ މި މަޝްރޫޢުގެ ޢިމާރާތް ފަރުމާކުރުމާއި ޕްލޭންކުރުން މުޅިން ކުރެވިފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ކަމަށާއި މި މަޝްރޫޢުން މުވައްޒަފުންގެ ޚާއްޞަ ހުނަރުވެރިކަން ފެންނަން ހުރި ކަމަށެވެ.

View post on Twitter

”މި ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް، އޭގެ ޚިޔާލު އުފެއްދުމުން ފެށިގެން ތަންފީޒުކުރުމާ ހަމައަށް، މުޅިން ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުން،“ ހުސައިން ފަހުމީ ވިދާޅުވިއެވެ.

އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ސްޓެލްކޯގެ މުވައްޒަފުން ދައްކަމުންދާ ފާހަގަކޮށްލެވޭ މަސައްކަތްތެރިކަމާއި ވަފާތެރިކަމާއި އަޒުމަށް ފަހުމީ ތައުރީފް ކުރެއްވި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside