logoEN
Sto top
ކަރަންޓު ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓު ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އަހުމަދު ޝުރާއު

logo

1/26/2025, 4:14:02 PM

# ސްޓެލްކޯ

--

ކަރަންޓު ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

Wamco

ސްޓެލްކޯއިން މިރޭ ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަރަންޓުގެ ވިއުގައިގެ ކޭބަލަކަށް ގެއްލުންވެ ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި އައު ކޭބަލެއް އަޅައި އަލުން އެސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

އަދި މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައި އެވެ.

މަގު ކޮނެގެން މަސައްކަތްކުރާ އިރު ކޭބަލްތަކަށް ގެއްލުން ލިބެމުންދާތީ އެކުންފުނިން މީގެ ކުރިންވެސް ވަނީ އެފަދަ މަސައްކަތްކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside